- Advertisement -ad image

އިންޑިއާ މަސައްކަތްތެރިންގެ މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިޔަކަށް ފުލުހުން ހުރަސް އަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫޢުގެ މަސައްކަތްކުރާ މަސައްކަތްތެރިން މަސައްކަތް ހުއްޓާލައި ކުރަމުން ގެންދާ ހަޅުތާލު ކަވަރު ކުރަން އެތަނުގައި އުޅުނު ނޫސްވެރިޔަކަށް ފުލުހުން ހުރަސް އަޅައިފިއެވެ.
އެގޮތުން “ވޮއިސް”ގެ ޗީފް އެޑިޓަރ ޝަފްރާޒް އަހްމަދު ހުސެއިން އަށް ހުރަސް އަޅައި ފުލުހުން ވަނީ މުޒާހަރާ ކުރާ މަސައްކަތްތެރިންގެ ވީޑިއޯ އަދި ފޮޓޯ ނެގުން ވެސް މަނާކޮށްފައެވެ.
ޝަފްރާޒް އާއްމު ކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ހަޅުތާލު ކުރަމުންދާ މަންޒަރު ވީޑިއޯ ކުރަން އޭނާ މަސައްކަތް ކުރުމުން ފުލުހަކު އައިސް ހުރަސް އަޅައެވެ. އަދި އޭނާ އަށް ހުރަސް އެޅި ފުލުސް މީހާގެ ސާވިސް ނަމްބަރު ބުނެދޭން އެދުމުން އެސަރަހައްދުގައި ހުރި ފުލުހުންގެ ކޮމާންޑަރު ވަނީ ޝަފްރާޒްގެ ފޯނު މަތީގައި އަތް އަޅަން ވެސް މަސައްކަތް ކޮށްފައެވެ.


ޝަފްރާޒް ބުނީ ފުލުހުން ހުރަސް އެޅުމުން ހަޅުތާލު ކުރާ މީހުންގެ ފަހަތައް ޖެހި އެތަނުގައި ތިބި ބައެއް މީހުންގެ އިންޓަވިއު އޭނާ ނަގަން ފެށުމުން ފުލުހުން އައިސް އޭނާ ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ވެސް ދިން ކަމަށެވެ. “ބުނީ ކަލޭ ފުލުހުންގެ މަސައްކަތައް ހުރަސް އަޅަނީއޭ. އިތުރު އިންޒާރެއް ދިނުމެއްނެތި ހައްޔަރޭ ދެން ކުރާނީ.” ޝަފްރާޒް ބުންޏެވެ.
ފަހަކަށް އައިސް މިފަދަ ހަޅުތާލުތަކާއި އިހުތިޖާޖުތައް ހާއްސަގޮތެއްގައި މަގުމަތީގެ ހަރަކާތްތައް ކަވަރު ކުރަން އުޅޭ ނޫސްވެރިންނަށް އެކި ގޮތްގޮތުން ފުލުހުން އުދަނގޫކޮށް ހަދައެވެ.
މިކަމާގުޅިގެން ސުވާލު ކުރުމުން އަދި ފުލުހުން ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ