- Advertisement -ad image

ގެއިން ނެރެލި މަންމައާއި ދެކުންދިންނަށް އެހީވުމަށް ހުޅުވާލި ފަންޑަށް ތިންގަޑިއިރު ތެރޭ ފައިސާ އާއި ތަކެތި ހަމަވެއްޖެ!

ad image

ގުޅުންހުރި ލިޔުންތައް


ރޭގެ ވަގުތެއްގައި ގެއިން ނެރެލި ދެކުދިންނާއި އެކަނިވެރި މަންމަ އަށް އެހީވުމަށް މަމްސް އެއިޑްގެ ފަރާތުން ހުޅުވާލި ފުރުސަތުގައި އެއާއިލާއަށް ބޭނުންވާ ތަކެއްޗާއި ފައިސާ ތިންގަޑިއިރުގެ ތެރޭގައި ހަމަވެއްޖެއެވެ.
މަމްސް އެއިޑުން ބުނީ މިއަދުގެ ވަގުތެއްގައި 2 ކުދިން ގޮވައިގެން ވަރަށް ދަތިހާލުގައި ދިރިއުޅޭ އެކަނިވެރި މަޔަކަށް ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފަންޑުރައިޒިންނަށް 3 ގަޑިއިރުތެރޭގައި އާއިލާއަށް ބޭނުންވާ ވަރަށް ފައިސާ އަދި ތަކެތީގެ އެހީތެރިކަން ލިބިފައިވާތީ ފަންޑު ކަލެކްޓް ކުރުން ވަނީ ހުއްޓާލާފައި ކަމަށެވެ.
އަދި މި ފަންޑު ބޭނުން ކުރާނީ އެ ތިންމައިން ދިރިއުޅޭނެ ތަނެއް ކުއްޔަށް ނެގުމާއި، އެޑްވާން ދެއްކުމާއި، ފަރުނީޗަރ، ކުދިންނަށް ބޭނުންވާ ތަކެތި، އަދި ކާބޯތަކެތި ގަތުމަށް ކަމަށެވެ.

މަމްސް އެއިޑުން ބުނީ މަންމައަކާއި 2 ދަރިން ގެއިން ނެރެލައިގެން ހާލުގައިޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭގެ ދަންވަރު ކަމަށެވެ.
އަދި އެވަގުތު އާއިލާއަށް ގުޅުމުން ކާނެ އެއްޗެއްވެސް ނެތްކަމާއި މި ތިންމައިން ކުރިން އުޅުނު ތަނުގައި ގެންގުޅުނު ހުރިހާއެއްޗެއް އިއްޔެގެ ވަގުތެއްގައި އެގެއިން ނެރެ އެއްލާލީ އެކުދިންގެ ބައްޕަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މަމްސް އެއިޑުން ބުނެފައިވެއެވެ.

spot_img

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ތިކަމުގަ ގޯހީ ތި އަންހެންމީހާއެންނު. އެބުނީ އެތައް ފަހަރެއްގެ ވާހަކަ. އަނެއްކާ ވަރިކޮށްފަހުރި ވާހަކަ. ދެން އިންނާނެ އެހެން މީހަކު ހޯދުން، ނޫނީ މަދަދެއް ހޯދައިގެން އެތަނުން ސަލާމަތްނުވެހުރީމަ ދެރައީ.

  2. ޢަޅުގަނޑު ވެސް ނީންނާނަން ވަރިކޮއްފިނަމަ.
    ޢަޅުގަނޑައްވެސް ތިތަނުގަ ގޯހީ ތިއަންހެން މީހާ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ