ބ ކުޑަރިކިލު މަސްވެރިއަކު ބޭނި މާނިޔަ މަހެއްގެ ބޮލުން މާތް الله ގެ އިސްމުފުޅު ލިޔެވިފައި ވަކޮށް ފެނިއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާަ ފޮޓޯތަކުން ފެންނަ ގޮތުން ވަރަށް ސާފުކޮށް އެމަހުގެ ބޮލުގައި الله ގެ އިސްމުފުޅު ލިޔެވިފައިވާތަން ފެނެއެވެ.
މިމަސްބާނާފައި ވަނީ ބ. ކުޑަރިކިލަށް ނިސްބަތްވާ ދޯންޏެއް ކަމަށްވާ ރަހްމަތު 5 ދޯނީގެ މަސްވެރިއެއް ކަމަށްވާ އަހުމަދު ރުޝްދީއެވެ. އަދި އޭނާ މިމަސްބޭނީ ބ. އަތޮޅު “ރޯޔަލް ހާ” އޭ ކިޔުނު ސަރަހައްދުންނެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުންވެސް މޭވާ އާއި ތަރުކާރީ އަދި މަހުގައިވެސް الله ގެ އިސްމުފުޅު ލިޔެވިފައި ވަނިކޮށް ފެންނަމުންދެއެވެ.