- Advertisement -ad image

އަމީނީމަގު ނިންމަން ސަރުކާރުން މިހާރު ދީފައިވާ ތާރީހަށްވެސް ހަދައި ނުނިމޭނެ: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީގެ އަމީނީ މަގު ނިންމުމަށްޓަކައި ސަރުކާރުން ދީފައިވާ ދެވަނަ ތާރިހުގައިވެސް އެމަގުގެ މަސައްކަތް މުޅިން ނިންމާނުލެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިރާސް އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ، އަމީނީ މަގުގެ މައްސަލަ މިހާރުވެފައިވަނީ ގައުމީ ސަލާމަތުގެ މައްސަލައަކަށް ކަމަށާއި މަގު ހެދުމަށް ވެފައިވާ އެއްބަސްވުން ނުދައްކަން ސުޕުރީމް ކޯޓަށް ދާ ހިސާބުގައި ކަން އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
” މި އެގްރީމަންޓް ނުދައްކާންވެގެން ސުޕްރީމް ކޯޓަށް ދާ ވާހަކަވެސް އަޑުއެހިން. ކޮންކަމެއް އެގްރީމަންޓްގައި އޮވެގެންތޯ؟ މަގެއް ހެދުމުގެ އެގްރީމަންޓްގެ ޑީޓެއިލްސް ހިއްސާ ނުކުރާންވީ. އަޅުގަނޑު ހަމަ އަޖައިބުވޭ ” މޭޔަރު ވިދާޅުވިއެވެ.
ކުރީގެ ހައުސިން މިނިސްޓަރ ޑރ މުއިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ކަންކަން ހުންނަ ގޮތުން އަޖައިބުވެގެންވެސް ނުވާނެ ކަމަށާއި 84 މިލިއަން ރުފިޔާއަށް ސޮއިކޮށްފައި މިއޮތީ 39 މިލިއަން ރުފިޔާއަށް ކުރެވެން އޮތް ކަމެއް ކަމަށެވެ.
” އެހެންވެ 39 މިލިއަނުން 84 މިލިއަނަށް ބޮޑުވި ބޮޑުވުން. އެ ފޮރުވަން ބޭނުންވަނީ ކަންނޭގެ. ޔަގީނުންވެސް ބޮޑުވެގެން ނުވާނެ. އެއް ސްކޭލެއް އަޅުގަނޑުމެންނާއި އާރުޑީސީ އާއި އޭރު އެއްބަސްވެފައިވަނީ އެ ސްކޯޕް. އަކުރުން ފިއްޔަށް އެ ސްކޯޕްގަ މިހާރުވެސް އެ ހަދަނީ. ” މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، ދެގުނައަށްވުރެވެސް ބޮޑުކޮށް ސޮއިކޮށްގެން މަގު ހަދަން ހަވާލުކުރީ އަވަސްކުރަންށޭ ބުނެވިދާނެ ކަމަށާއި ނަމަވެސް އެހެނެސްވެސް އެކަމެއް ނުވި ކަމަށެވެ. އަދި ހަތް މަސް ދުވަހުން ސެގްމަންޓް އެކެއްގެ ތާރުއެޅުނު ބަޔަކަށް ސެޕްޓެމްބަރާއި ހަމައަށް މުޅި މަގު ނިންމިދާނެ ކަމަށް އެއްގޮތަކަށްވެސް ގަބޫލުނުކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ