- Advertisement -ad image

ނާޒިމަށް ރިޔާސީ ޓިކެޓް އަރުވައި، އެމްއެންޕީގެ ކެމްޕެއިން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމް.އެން.ޕީގެ ފަރާތުން ވާދަކުރެއްވުމަށް އެޕާޓީގެ ރިޔާސީ ޓިކެޓް، ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމަށް އަރުވައިފިއެވެ.
ނާޡިމަށް އެމް.އެން.ޕީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ އެކަމަށްޓަކާ އަރޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ. އެމް.އެން.ޕީގެ ރިޔާސީ ޓިކެޓު ޕާޓީގެ ރައީސަށް އަރުވާފައި މިވަނީ އެމް.އެން.ޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި ފުރުޞަތުގައި ނާޒިމު ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ.


މި ރަސްމިއްޔާތުގައި ޕާޓީގެ ރިޔާސީ ޓިކެޓް ނާޒިމަށް އެރުވުމަށްފަހު، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންވެސް ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. އެގޮތުން ކެމްޕޭން ލޯގޯއާއި، ޝިޢާރުކަމުގައިވާ “އުޖާލާ ޒަމާން” އަދި ކެމްޕޭންގެ ރަސްމީ ލަވަ މި ޖަލްސާގައި ވަނީ އިފްތިތާޙްކޮށްފައެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. 6ނުވަތަ7މީހުންމިއަހަރުވެރިކަމަށްކުރިމަތިލާނެކަމަށްއެގިފަވެއެވެމިއީރައްޔިތުންނަށްކޮށްދޭކަމެއްނޫނެވެމިއީއަމިއްލައެދުންބޮޑުވެއަމިއްލައެދުމަށްކުރާކަމެކެވެ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ