- Advertisement -ad image

ޑރ މުއިއްޒު ދެއްވަނީ ގައުމުގެ މިނިވަންކަމާއި ގުޅިފައި އޮތް މައްސަލަތައް ހައްލުކުރާނެކަމުގެ ޔަގީންކަން!

ad image

ގުޅުންހުރި ލިޔުންތައް


ޤައުމުގެ މިނިވަންކަމާއި ގުޅިފައި މިއޮތް މައްސަލަތައް ހައްލުކުރާނެކަމުގެ ޔަގީންކަން އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރ އަތޮޅު ވާދޫގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ދިވެހީންގެ ރާއްޖެ މި ޝިއާރު ނަގާފައިވަނީ ދިވެހިންނަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް ކަމަށެވެ.
އަދި އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށް ހެޔޮގޮތްވުން އެދޭނަމަ މިކަމާއި މެދު އޯކޭވެގެން ތިބެވޭކަށް ނެތް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ މިގައުމުގައި ބޭރު ޤައުމުތަކުގެ ސިފައިން އެބަތިބި. އެވާހަކަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ. ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން އެވާހަކަދައްކަވައިފި. ރަސްމީ އިދާރާތަކުން އެވާހަކަ ދައްކައިފި. އެބަ ތިއްބޭ އެކަމު ތިބީއެއް ޔުނިފޯމު ލައިގެނެއް ނޫނޭ. ބަޑި ހިފައިގެންނެއްނޫނޭ. އެވަރުންވެސް ޖެހޭތޯ ތިބެން. ތިބޭކަށް ނުޖެހޭނެ “ ޑރ މުއިއްޒު ވިދާޅުވިއެވެ.

މި ފަސް އަހަރު ރަށްރަށުން ފެންނަން އޮތީ ތަރައްޤީގެ ކަންކަން ނުވެ އޮތްތަން ކަމަށާއި އެހެންވީމަ 30 ވަނަ ދުވަހުގެ ވޯޓުގައި އެންމެން އެކަތިގަނޑަކަށް ވެގެން ވޯޓު ދެއްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ