މާލެތެރޭގައި ގްރޫޕްތަކުގެ ހަރަކާތްތައް އިތުރުވުމުން ފުލުހުންގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ފުލުހުން ބުނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މާލޭތެރޭގައި އިތުރުވަމުންދާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ.
އަދި އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަން ޖެހޭ ކަންކަން ވެސް އަންނަނީ ކުރަމުން ކަމަށެވެ.
ފުލުހުން ބުނީ މިފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި މިއަދު އިންތިހާބާ ގުޅުން ހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުން ފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މުއިއްޒުގެ ކެމްޕޭން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ މާލެ އަދި އައްޑޫގައި ހިންގައިގެން އުޅޭ މާރާމާރީ އާ ހަމަނުޖެހުމުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރެއް އަދި ސަޕޯޓަރެއްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ބުނާ ވާހަކަ ދޮގު ކުރާ ކަމަށެވެ.
އަދި ޕީޕީއެމް/ޕީއެންސީ މެމްބަރުން އަދި ސަޕޯޓަރެއް އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާ ކަމުގެ ޔަގީންކަން ތޮލާލުދެއްވިއެވެ.