ކޮރެއަން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ( ކޮއިކާ ) އިން ރާއްޖެއަށް ޕޯރަޞްލް އެކްސްރޭ މެޝިނެއް ހަދިޔާކޮށްފި އެވެ.
މި އެކްސްރޭ މެޝިނުގެ އަގަކީ 98000 ޔޫއެސް ޑޮލަރެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެކްސްރޭ މެޝިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޚަދީޖާ އަބުދުލްޞަމަދު އެވެ. ކޮރެއާ ސަރުކާރުގެ ފަރާތުން މެޝިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮރެއާއިންރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ހަރ އެކްސެލެންސީ މިޔޯން ލީ އެވެ.
މި ރަސްމިއްޔާތުގައި މި މިނިސްޤޓރީގެ އިސްވެރިން އަދި ފޮރިން މިނިސްޓްރީގެ ސްކެޓްރީ އޮފް އިކޮނޮމިކް ކޯޕަރޭޝަން ޑރ. ހުސެއިން ނިޔާޒުވެސް ބައިވެރިވަޑައިގެންނެވި އެވެ.
މިއީ ކޮރެއާ ސަރުކާރާއި ދިވެރހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް ޞީއްޚީ ދާއިރާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަދިޔާކުރެވުނު އެކްސްރޭ މެޝިނެކެވެ.
