ލިބިދޭ ކޯޓު އަމުރެއްގެ ދަށުންވެސް ކަމެއް ކުރެވެންޖޭހޭނީ ބަޔާންކޮށްފައިވާ ހުދޫދެއްގެ ތެރެއިންކަމަށާއި، ލިބިދޭ ބާރުގެ ނަހަމަ ބޭނުންކުރާ އޮފިސަރުންނާއިމެދުވެސް ހަރުކަށި ފިޔަވަޅު އެޅެންވާނެކަމަށް ގަބޫލުކުރައްވާކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުސްނީ ހުށަހެޅުއްވި ކަފާލާތުގެ ބިލަށް ވާހަކަދައްކަވަމުން ވިދާޅުވީ ކޮންމެ ކޮންމެ ކުށަކާއި ގުޅިގެން އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ބަލާ ކަންކަން ކުރުމަށް ފުރުސަތު ދެވިގެން ނުވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ހުށަހަޅާފައިވާ އިސްލާހަށް ބަލާއިރު، ޒާތީ މުއާމަލާތްތައް އިންޓަރސެޕްޓުކުރުމަށް ފުލުހުންނަށް ފުރުސަތު ލިބިގެންދަނީ ވަކި ބާވަތެއްގެ ކުށްތަކެއްގައި ފެނިގެންދާކަމަށެވެ.
އޭނާ ވަނީ ސައިބަރކްރައިމް ފަދަ މައްސަލަތަކުގައިވެސް އިންޓަރސެޕްޓުކުރުމަށް ހުއްދަކޮށްފައިވާއިރު ސިޔާސީ ބޭނުމެއްގައި ތަހުގީގީ އިދާރާތަކުން އެކަމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ކަންބޮޑުވުން އޮތުމުން ސުވާލުއުފެދޭކަމަށްވެސް ވިދާޅުވެފައެވެ.
އަދި ހުށަހަޅާފައި އޮތީ ތަހުގީގީ އިދާރާއިން ބޭނުންވުމުން ކޯޓަށް ހުށައަޅައިގެން އިންޓަރސެޕްޓް ކުރެވޭ ގޮތަށް ނޫންކަމަށާއި އޮތީ ވަކި މިންވަރަކަށް ހެކި ހުށައަޅައިގެން ކޯޓުން އަމުރެއް ހޯދައިގެންކަމަށް ހުސްނީ ވިދާޅުވިއެވެ.



