ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރޭ ރ. އުނގޫފާރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ރ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތް ފެށުމާ ގުޅިގެން، މާދަމާއިން ފެށިގެން “އިމުގާ” މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ. އުނގޫފާރުން ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ފެއްޓުމަށް ކުރާ މަސައްކަތުގެ ތެރެއިން އެޅި މުހިއްމު ފިޔަވަޅެކެވެ.
މި ޚިދުމަތް ފެށުމުން، ރ. އަތޮޅުގެ ރައްޔިތުންނަށް މާ މާލެއަށް ދަތުރުކުރުމަކާ ނުލައި އަތޮޅުތެރޭގައި ތިބެގެން ޕާސްޕޯޓު ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.