Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރ. އަދި ބ. އަތޮޅުގައި ޖުލައި މަހުގެ ނިޔަލަށް އާރުޓީއެލް ޚިދުމަތް ފެށޭނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ޖުލައި މަހުގެ ނިޔަލަށް ރ. އަދި ބ. އަތޮޅުގައި އާރުޓީއެލް ޚިދުމަތް ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު އެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުނގޫފާރު ރައްޔިތުންނާ މުޚާޠަބު ކުރައްވަމުން ރައީސް ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގެ ތަރައްޤީގައި ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރ. އަތޮޅުގައި އާރުޓީއެލް ޚިދުމަތް ފެށޭނެ ކަމަށާއި، އަދި ޖުލައި މަހުގެ ނިޔަލަށް ބ. އަތޮޅުގައި މި ޚިދުމަތް ފެށޭނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، އުނގޫފާރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަވެސް ހިއްސާކުރެއްވިއެވެ. މެދު އަދި ދުރު ރާސްތާގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލަމުންދާއިރު، ރ. އުނގޫފާރަކީ ހުރިހާ ދާއިރާއަކުންވެސް އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދޭ ރަށަކަށް ހަދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.

މި ގޮތުން، ގޮންޖެހުންތަކާއެކުވެސް މޫސުމީ ފުރުޞަތުތަކުގެ ސަބަބުން ރ. އުނގޫފާރުގެ ބިންހިއްކުމުގެ މަސައްކަތް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިންމާލެވޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ. އަދި މި ސަރުކާރުގެ ދައުރުގައި ރ. އުނގޫފާރުގައި 500 ހައުސިންގ ޔުނިޓް އިމާރާތްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ، އުނގޫފާރުގެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީ ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ. ރަށް އާބަން ސެންޓަރެއްގެ ފެންވަރަށް ތަރައްޤީކޮށް، އެއް ދަންފަޅިއަށް ކިޔަވައިދެވޭ ފެންވަރަށް ތަޢުލީމީ ދާއިރާ ތަރައްޤީ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ޞިއްޙީ ދާއިރާ އެންމެ މަތީ ފެންވަރުގެ ޚިދުމަތްދޭ ދާއިރާއަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ. މިގޮތުން، 3 އަހަރުގެ ޕްލޭނެއްގެ ދަށުން ރ. އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅވިދާޅުވީ ރ. އަތޮޅުގެ އެއްވެސް ރައްޔިތަކު އިސްތިސްނާ ނުކޮށް، އަތޮޅުގެ ހުރިހާ ރަށަކަށްވެސް ޒިންމާދާރު ތަރައްޤީ ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ