އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ޕީއެންސީގައި 68,968 މެންބަރުން ތިބިކަމަށް ވަނީ ދައްކާފައެވެ.
މިއީ މިދިޔަ އަހަރު ފެށުނުއިރު ޕީއެންސީގައި ތިބި 28,201 މެންބަރުންނާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކރިއެރުމެކެވެ. މި ކުރިއެރުން ހޯދުމަށް ޕީއެންސީން ވަނީ މިދިޔަ އަހަރު ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.
ކުރިން އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މިހާރު ވަނީ ދެވަނައަށް ފައިބާފައެވެ. މިހާރު އެމްޑީޕީގައި ތިބީ 43,755 މެންބަރުންނެވެ. މިއީ މިދިޔަ އަހަރު ފެށުނުއިރު އެ ޕާޓީގައި ތިބި 52,142 މެންބަރުންނާ އަޅާބަލާއިރު ދަށްވެފައިވާ އަދަދެކެވެ.
ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށްވާއިރު، އެ ޕާޓީގައި މިހާރު ތިބީ 13,826 މެންބަރުންނެވެ.