ރައީސުލްޖުމްހޫރިއްޔާ މިއަދު ރ. ކިނޮޅަހަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ތަރައްޤީއަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފިއެވެ.
ކިނޮޅަހުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ތަޢުލީމީ ރަނގަޅު ދަރިންތަކެއް ބިނާކުރުމުގައި ތަޢުލީމީ އިންފްރާސްޓްރަކްޗަރގެ މުހިންމުކަން ފާހަގަކުރައްވައި، ކިނޮޅަސް ސްކޫލަށް ބޭނުންވާ ގިނަ ކަންތައްތަކެއް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ވަޢުދުވެވަޑައިގަތް ކަންތައްތަކުގެ ތެރޭގައި ފުޓްސަލް ދަނޑެއް، ވޮލީ ކޯޓެއް އަދި ހޭންޑްބޯލް ކޯޓެއް އަޅުއްވައިދެއްވުމާއި، ފުލުހުންގެ ޚިދުމަތް ޤާއިމުކުރެއްވުމާއި، ލައިބްރަރީއެއް ޤާއިމުކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ރަށުގެ ނެރުފައިކަށި ރޫޅިފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށްވެސް ވަޢުދުވެވަޑައިގަތެވެ.
ސިއްޙީ ދާއިރާއަށް ބަލާއިރު، ރައީސް ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ހަމަހަމަ ގޮތެއްގައި ސިއްޙީ ޚިދުމަތް ލިބެންޖެހޭނެ ކަމަށެވެ. މިގޮތުން، ކިނޮޅަހުގެ ސިއްޙީ މަރުކަޒުގެ އިމާރާތް ބޮޑުކުރެއްވުމާއި އެމްބިއުލާންސްގެ ޚިދުމަތް ރަނގަޅުކުރެއްވުން ފަދަ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މި ވަޢުދުތައް ފުއްދަވާނެކަމަށް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައެވެ.