މިއަދުން ފެށިގެން ހޮނިހިރު ދުވަސްތަކުގައި ވެސް ދެން ޕާސްޕޯޓު ދޫކުރާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއިން ވެލާނާގެ އާއި ހުޅުމާލޭ 1 ގެ އުމަރު ޒާހިރު ބިލްޑިންގުގެ އިތުރުން ހުޅުމާލެ 2 ގެ ވިނަރެސް 2 ގައި ހުންނަ އެ އިދާރާގެ އޮފީހުން ޕާސްޕޯޓް ދޫކުރާނެ ކަމަށެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝައްމާން ވަހީދު ވިދާޅުވީ މީގެ މަގުސަދަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ޚިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
މީގެ ފަހުން ކޮންމެ ހޮނިހިރު ދުވަހެއްގައި ވެސް ޕާސްޕޯޓު ދޫކުރާއިރު ނަމްބަރު ދޫކުރާނީ ހެނދުނު 9:00 އިން 12:00 އާ ހަމައަށް ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.