މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނަށް ވަަދެ ވައްކަން ކުރުމަށް މަސައްކަތްކުރި މީހަކު ރޭ ދަންވަރު ހައްޔަރުކޮށްފިއެވެ.
ސްޓެލްކޯއިން ހާމަކުރިގޮތުގައި ރޭ ދަންވަރު 2:50 ހާއިރު މި މީހާ ފާހަގަކުރެވުނީ ސަބްސްޓޭޝަނުގައި ހަރުކުރެވިފައިވާ ސީސީޓީވީ ކެމެރާތަކުންނެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓަރ ކުރެވޭ ތަންތަން ނަމަވެސް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަންފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފައިވެއެވެ. މީގެ އިތުރުން، މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފައިވެއެވެ.