މިއަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތަށް ސީދާ ދަޢުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ޒަމާނުންސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުން ނުހަނު އިސްކަމެއް ދީގެން ދަރިވަރުން ތައްޔާރުކޮށް، މުބާރާތުގައި ބައިވެރިކުރަމުންދާއިރު މިއަދާއި ހަމައަށް މި މުބާރާތް ބާއްވަމުން އައީ ތަނަވަސް އެކި ފަރާތްތަކުން ދޭ ފައިސާއިން ބޮޑު ހަރަދެއްކޮށްގެން ނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުގައި ލިޔެވިގެން، ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މުބާރާތަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
މިދިޔަ ޖޫން މަހު ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މުބާރާތަކީ ހައިބަތު ބޮޑު، އަދި ސަރުކާރުން އެ މުބާރާތަކަށް ވަރަށް އިސްކަމެއް ދެއްވާނެ މުބާރާތަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ގުރުއާން މުބާރާތުގައި ބައިވެރިކުރަމުންދާއިރު މިއަދާއި ހަމައަށް މި މުބާރާތް ބާއްވަމުން އައީ ތަނަވަސް އެކި ފަރާތްތަކުން ދޭ ފައިސާއިން ބޮޑު ޚަރަދެއްކޮށްގެން ކަން ފާހަގަކުރެވެެއެވެ.