ރާއްޖޭގައި ބާއްވަން އިޝްތިހާރުކުރި ހިންދޫ ދީނުގެ “ޕޮންގަލް” ފެސްޓިވަލް، ފުލުހުން ހުއްޓުވައިފި އެވެ.
މި ފެސްޓިވަލް ބާއްވާ ގޮތަށް އޮތީ މި މަހުގެ ހަތް ވަަނަ ދުވަހު ހުޅުމާލެ ސިންތަޓިކް ޓްރެކްގައެވެ. މި ފެސްޓިވަލްގައި ބައިވެރިވުމަށް އިޝްތިހާރުގެ ޕޯސްޓަރުތައްވެސް ޖަހާފައި ވެއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެ ފެސްޓިވަލް އިންތިޒާމު ކުރުމުގައި އުޅުނު ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށެވެ.
އަދި މި ފެސްޓިވަލް މިހާރު ކެންސަލްކޮށްފައިވާ ކަމަށް އިންތިޒާމް ކުރި ފަރާތްތަކުން މައުލޫމާތު ދޭ ކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.
“މިފަދަ ހަރަކާތްތައް ހިންގާނަމަ ދިވެހި ފުލުހުންގެ ހިދުމަތުން އެކަން ހުއްޓުވާނެ ވާހަކަ ދަންނަވަމެވެ،” އެ ޕޯސްޓުގައިވެ އެވެ.
މި ފެސްޓިވަލް ހުއްޓުވުމަށް ގޮވައިލައި ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ވަނީ ޝުއޫރުފާޅު ކޮށްފައެވެ.