މާލޭގައި މާރާމާރީ ހިންގަން މަސައްކަތް ކުރި މައްސަލައަކާ ގުޅިގެން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރޭ 20:17 ގައި މާލޭ ވައިލެޓް މަގު، ދޮންހުރާ ގޯޅީގައި ބަޔަކު މާރާމާރީ ހިންގަން މަސައްކަތް ކުރި މައްސަލައަކާ ގުޅިގެން 2 މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން ބުނިގޮތުން މި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ މެދުތެރޭގައި ހުންނަ ވައިލެޓް މަގުގެ ދޮންހުރާ ގޯޅީންނެވެ.
ފުލުހުން މި މައްސަލަ ދަނީ ތަޙުޤީޤު ކުރަމުންނެވެ.