ފެނަކާގެ ބެލުމުގެ ދަށުގައި ހުރި 14 އައިސް ޕްލާންޓު މިފްކޯގެ ދަށަށް އަލުން ބަދަލުކޮށްފިއެވެ.
އައިސްޕްލާންޓްތައް މިފްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ނަޖާހެވެ. އަދި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޑރ. ވިޓާލީ ލްޔުބިމޯވް އެވެ.
މިފްކޯއިން ބުނީ އައިސް ޕްލާންޓްތައް ފުރިހަމަ ކެޕޭސިޓީގައި ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިނޭރިން ޓީމުތަކުން ކުރަމުންދާ ކަމަށެވެ.
މިއަދު ހަވާލުކުރި އައިސްޕްލާންޓުތައް ހުންނަ ރަށްތަކާއި، ކެޕޭސިޓީއަކީ:
- ހއ. އިހަވަންދޫ – 50 ޓަނު
- ނ. ޅޮހި – 25 ޓަނު
- ރ. އަލިފުށި – 25 ޓަނު
- ބ. ތުޅާދޫ – 25 ޓަނު
- ފ. ފީއަލި – 26 ޓަނު
- ފ. ނިލަންދޫ – 25 ޓަނު
- ތ. ހިރިލަންދޫ – 25 ޓަނު
- ގއ. ދާންދޫ – 25 ޓަނު
- ގއ. ދެއްވަދޫ – 25 ޓަނު
- ގއ. ގެމަނަފުށި – 25 ޓަނު
- ގއ. ކޮލަމާފުށި – 25 ޓަނު
- ގދ. ފަރެސްމާތޮޑާ – 25 ޓަނު
- ގދ. ފިޔޯރީ – 25 ޓަނު
- ސ. ހިތަދޫ – 50 ޓަނު
އައިސް ޕްލާންޓްތައް ހިންގުން މިފްކޯއިން ފެނަކަ އާ ހަވާލުކުރީ ސެޕްޓެމްބަރު 22، 2022 ގައެވެ.