ރާއްޖޭގެ ސްކޫލްތަކުގެ ލައިބްރަރީތައް މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތްުގެ ތެރެއިން ޤައުމީ ކުތުބުހާނާއިން އަތޮޅުތަކުގެ ދެ ސްކޫލަކަށް ޖުމްލަ 138 ފޮތް ހަދިޔާކޮށްފިއެވެ. އެގޮތުން މިފަހަރު ބުރުނީ ސްކޫލަށް 45 ފޮތް ހަދިޔާކޮށްފައިވާއިރު ދިއްފުށި ސްކޫލަށް 93 ފޮތް ވަނީ ހަދިޔާކޮށްފައެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމަށާއި ތައުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ކުތުބުހާނާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. ޤައުމީ ކުތުބުހާނާއިން މީގެކުރިން ވެސް ވަނީ އެކި ސްކޫލްތަކަށާއި، އިދާރާތަކަށް ފޮތް ހަދިޔާކޮށްފައެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ޤައުމީ ކުތުބުހާނާއިން ވަނީ އެކި ސްކޫލްތަކަށް 1،000 އަށްވުރެ ގިނަ ފޮތް ހަދިޔާކޮށް، ރާއްޖޭގެ ދަރިވަރުންނަށް ބޭނުންވާ ޢިލްމާއި އުނގެނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުން ފުޅާކޮށްފައެވެ.