- Advertisement -ad image

އެންމެ ފަހުން ރިސޯޓްކުލި ކުޑަނުކުރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ ރިސޯޓް ކުލި ކުޑަކުރަން ޓޫރިޒަމް ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހު އަނބުރާ ގެންދަން ސަރުކާރުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނެސް، ރިސޯޓް ބިމު ކުލީގެ ރޭޓްތައް ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 29 މާރޗްގައެވެ

މި ނިންމުން އަނބުރާ ގެންދަން ނިންމާ ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާފަދަ އެތައް ކަމެއް ދަނީ ކުރިމަތިވަމުން ކަމަށާއި މިފަދަ ކަންކަމުން ދިވެހިރާއްޖޭގެ ފިސްކަލް ރާސްތާއަށްވެސްއޭގެ އަސަރުކޮށް، ދައުލަތުން 2022 ވަނަ އަހަރަށް އަންދާޒާ ކޮށްފައިވާ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތާ ތަފާތުވަމުން ދާ ކަމަށެވެ.

އަދި ޚާއްޞަކޮށް ރަޝިޔާއާއި ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލެމުންދާތީއެކަމުގެ ނޭދެވޭ އަސަރު ދައުލަތަށް ކުރަމުންދާ ކަމަށްވެސް ފިނޭންސުން ހާމަކުރެއެވެ.

މިގޮތުން ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ޚަރަދުކުރާ މިންވަރު 2022 ބަޖެޓްގައި އަންދާޒާ ކުރިވަރަށްވުރެ ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައި ކަމަށާއި މިފަދަ ދަނޑިވަޅެއްގައި، ދައުލަތަށް ލިބެމުންދާ އާމްދަނީއަކަށް ހުރަސް އެޅިދާނެފަދަ އެއްވެސް ފިޔަވަޅެއް އެޅެން ނެތް ކަމަށެވެ. އެގޮތުން ދައުލަތުގެ މިހާރުގެ ފިސްކަލް ހާލަތަށް ރިއާޔަތްކޮށް، ރިސޯޓްތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލު ނުކުރުމަށް އިކޮނޮމިކް ކައުންސިލުން މިއަދު ވަނީ ނިންމާފައި ކަމަށްވެސް ފިނޭންސުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ