މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދުގެ ބައްޕާފުޅު މިއަދު އަވަހާރަވެއްޖެއެވެ.
ހއ.ތުރާކުރުނު ސަޢީދު ޢަބްދުالله އަކީ ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެކެވެ. އެމަނިކުފާނަކީ ގިނަ ދުވަސްތަކެއް ވަންދެން ތުރާކުނުގެ ކަތީބުކަން ކުރައްވާފައިވާ، ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެކެވެ.
މަރުޙޫމްގެ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމުގެ ހިތާމަ ފާޅުކުރައްވައި، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މަރުޙޫމަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.
އަދި މާތްاللهގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުالله ލެއްވުން އެދި ރައީސް މުޢިއްޒު ވަނީ ދުޢާ ކުރައްވާފައެވެ.



