އީރާނުން ބަޙްރައިނާއި ކުވައިތުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު ބިނާރުތަކަށް އަމާޒުކޮށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާތަކަކީ އެ ގައުމުތަކުގެ ސިޔާދަތަށް އޮތް ނުރައްކާތެރި އުދުވާނެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއިން އަބަދުވެސް އޮންނާނީ ބަޙްރައިނާއި ކުވައިތުގެ ރައްޔިތުންނާއި ސަރުކާރާ އެކުގައި ކަމަށެވެ. އަދި މެދުއިރުމަތީގެ ސުލްހަޔާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި މިފަދަ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވައިލާފައެވެ.
އީރާނުން ދިން ހަމަލާތަކުގައި ކުވައިތުގެ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެކަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ބަޙްރައިނަށް އަމާޒުކޮށް ފޮނުވި މިސައިލްތައް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ވައިގެ ތެރޭގައި ހުއްޓުވައިފައެވެ.
ދިވެހި ސަރުކާރުން ވަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކޮށްފައެވެ.