މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްޙާޤު ރަޝީދު (44އ) އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މަސްދޯންޏަކުން މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ 7 ޖޫން 2026 ވީ އާދީއްތަ ދުވަހުގެ ފަތިހު 05:40 އެހައިކަންހާއިރުއެވެ. އެ ރިޕޯޓާ ގުޅިގެން އޭނާ ހޯދުމަށް ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ.
ގދ. ގައްދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި، އިސްޙާޤު ރަޝީދު އެ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



