Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އުރީދޫ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ޑިޖިޓަލް އިގްތިސާދަށް އާ ދިރުމެއް ގެނެސްދީ، ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރަމުންދިޔަ މަސައްކަތުގެ ދަށުން، އުރީދޫ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އާމިރް ވަލިއާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހިދުމަތަކީ ރައީސް ޑރ. މުއިއްޒު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވައުދެއް ފުއްދަވައިދެއްވުމަށް އެޅުނު ފިޔަވަޅެއް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކުރެއެވެ. މިއީ ދިވެހި އުފެއްދުންތެރިންނާއި، ފްރީލާންސް މަސައްކަތްތެރިންގެ އިތުރުން ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ބާޒާރުން ފުރުސަތުތައް ހޯދައިދިނުމަށް އެޅުނު ވަރުގަދަ ފާލަމެކެވެ. މިއަދު މި ފެށުނު ހިދުމަތާއެކު، ދިވެހި ޒުވާން އުފެއްދުންތެރިންނަށް އެމީހުންގެ ހުނަރު ބޭރުގެ މާކެޓްތަކަށް ވިއްކައިގެން، ފަސޭހަކަމާއެކު ރާއްޖެއަށް ފައިސާ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ޕޭޕަލް ޚިދުމަތް ރާއްޖެއަށް ތައާރަފުކުރުމަކީ އަދި ދާން ބޭނުންވާ ހަގީގީ މަންޒިލް ނޫން ކަމަށެވެ. އެއީ، ގައުމީ އުންމީދުތަކާ ގުޅުވައިދޭ ވަސީލަތެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

“ހުރިހާ މަސައްކަތެއް ކޮށްގެން މަގުފަހި މި ކުރަނީ 2040އަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ތަޞައްވުރު ހާސިލުކުރުމަށް. ގައުމުގެ އިގުތިޞާދު ސިންދަފާތު ނުކޮށް މި ކަމެއް ނުކުރެވޭނެ”: ރައީސް ޑރ. މުޙައްމަދު މުއިއްޒު

މީގެއިތުރުން ރައީސް ވަނީ، ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒަރުން މި ލިބުނު ފުރުސަތާއެކު، އޭގެ ފައިދާ ނެގުމަށް ގޮވާލައްވާފައެވެ.

މި ހިދުމަތް ރާއްޖެއަށް ގެނައުމަށްޓަކައި ސަރުކާރުން ވަނީ ނިޒާމީ ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޖޫން 2024 ގައި ޕޭޕަލްގެ ސީއީއޯއަށް ފޮނުއްވި ސިޓީއަކާއެކު މި ދަތުރު ފެށިގެން ދިޔައިރު، އެމެރިކާގެ ޑިޕްލޮމެޓިކް އެހީތެރިކަމާއެކު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިސްކޮށް ހުންނަވައިގެން ކުރެއްވި މި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ކަނޑައެޅީ އުރީދޫ މޯލްޑިވްސްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ