Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އިދާރީ ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަންތަކުގެ މައްސަލަތައް ބަލައި ގިނަ ކަންކަންވަނީ ހައްލުކުރެވިފައި: ވަޒީރު ރާފިއު

ad image

ގުޅުންހުރި ލިޔުންތައް

އިދާރީ ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަންތަކުގެ މައްސަލަތައް ބަލައި ގިނަ ކަންކަންވަނީ ހައްލުކުރެވިފައި ކަމަށާއި އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން މިވަނީ ނިމުމަކަށް ގެނެވިފައި ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ރާފިއު މިހެން ވިދާޅުވީ، ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ދިރާސާ ރިޕޯޓް އިފްތިތާޙުކުރުމަށް ޔޫތު ހަބުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުޅިވަރުގެ ދާއިރާގައި ހިންގާ ނޭދެވޭ ޢަމަލުތަކާއި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކަމާބެހޭ ޤާނޫނީ އިދާރާތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިގޮތުން ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ ގޮތުން އެންޓި -ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން 2024ގައި “ޕަޗަސް” ކެމްޕެއިން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކުޅިވަރުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތަކަށް ދައުލަތުން ދޫކުރާ ފައިސާ ޚަރަދުކުރާ ގޮތް ވަރަށް ގާތުން ބަލައި، އޮޑިޓްކުރުމުގެ ނިޒާމު މިހާރު އިތުރަށް ހަރުދަނާކޮށްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މާލީ މުޢާމަލާތްތައް ދެފުށް ފެންނަ ގޮތަށް ބެހެއްޓުމަށްޓަކައި، ހަރުދަނާ މާލީ އުޞޫލުތަކަކާއި ގައިޑްލައިންތަކެއް ތަޢާރަފުކޮށް، އެކަންކަމަށް ޢަމަލުކުރަން މިހާރު ލާޒިމުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމުން މިވަނީ ނިމުމަކަށް ގެނެވިފައިވާ ކަމަށާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާ ގުޅުންހުރި ކަންކަމަށް ހާއްސަކުރެވިފައިވާ އުސޫލުތައް މިހާރު ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.

“ކުޅިވަރު ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ދެމުން އަންނަ މުސަރާ މިވަނީ ބޮޑުކުރެވި، އެއް ހަމައެއްގައި ދެވެން ފަށާފައި. ބައިނަލްއަގްވާމީ މުބާރާތްތަކުން ހޯދާ ކާމިޔާބީތަކަށް ދެވޭ އިނާމް ފައިސާގެ އުސޫލުވެސް މިވަނީ ރިވައިޒްކުރެވި ހަރުދަނާކުރެވިފައި. އިދާރީ ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަންތަކުގެ މައްސަލަތައް ބަލައި ގިނަ ކަންކަންވަނީ ހައްލުކުރެވިފައި.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ބައިނަލްއަގްވާމީ އިދާރާތަކުގެ އުސޫލުތަކާއި، ރާއްޖޭގެ ކުޅިވަރުގެ ޤާނޫނާ އެއްގޮތްވާ ގޮތަށް އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތައް ބަދަލުކުރެވި އިސްލާހުކުރެވިފައިވާ ކަމަށާއި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް މުހިންމު ގިނަ ބަދަލުތަކެއް ވެސް ގެނެވިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކުޅިވަރު އިދާރާތައް ހިންގަން ތިބި ފަރާތްތަކާއި، ކޯޗުން އަދި އެތުލީޓުން ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، ގަވަރނަންސް ރަނގަޅުކުރުމަށާއި، ފައިނޭންޝަލް މެނޭޖްމަންޓް ދަސްކޮށްދިނުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަން މިހާރު ފަށާފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސާފު، ދެފުށް ފެންނަ، އަދި އިތުބާރު ހިފޭ ކުޅިވަރުގެ ވެއްޓެއް ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ.

“މި މަސައްކަތުގައި އެއްވެސް ފަސްޖެހުމެއް ނެތި، ދިވެހި ކުޅިވަރުގެ ޙައްޤުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަން އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑުގެ އުންމީދަކީ، ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ، ސާފު، އަދި އިތުބާރު އޮތް ތަނަކަށް ހެދުން.” މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ