Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޕާސްޕޯޓް ދޫކުރުމުގަ ބައެއް ބަދަލުތައް ގެނައުމަށް ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

ޕާސްޕޯޓް ދޫކުރުމުގަ ބައެއް ބަދަލުތައް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

މި ބަދަލު ގެންނަން ނިންމާފައިވަނީ ޕާސްޕޯޓް ބުކްލެޓް ރާއްޖެއަށް ފޯރުކޮށްދޭ ޖަރުމަނުވިލާތުގެ ކުންފުނީގެ ޕްރިންޓް ހައުސްގެ މެޝިންތަކަކަށް ދިމާވި މައްސަލަ ހައްލުވިނަމަވެސް ރާއްޖެއަށް ބުކްލެޓް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުންނެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖެއަށް 2016ވަނަ އަހަރުން ފެށިގެން “ޕާސްޕޯޓް ބުކްލެޓް” ފޯރުކޮށްދޭ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައާއި ގުޅިގެން އަންދާޒާކުރި ތާރީހަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު ހުރި ޕާސްޕޯޓް ސްޓޮކް މެނޭޖްކުރުމަށްޓަކައި މި މަހުގެ 28ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ.

އެ ބަދަލުތަކުގެ ތެރޭގައި ޕާސްޕޯޓަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުރެގެން ޕާސްޕޯޓް މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށައަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި އެފަދަ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027ގެ ނިޔަލަށް އިތުރުކޮށްދިނުން ހިމެނެއެވެ.

އަދި މުއްދަތު އިތުރުކުރުމުގެ ޚިދުމަތަކީ އެއްވެސް ފީ އަކާއި ނުލައި ފޯރުކޮށްދޭނެ ޚިދުމަތެކެވެ.

މީގެއިތުރުން އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް “އިމަޖެންސީ ޕާސްޕޯޓް” ދޫކުރުމަށްވެސް ވަނީ ނިންމާފައެވެ.

އިމަޖެންސީ ޕާސްޕޯޓަކީވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތް 1 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރެވޭ މެޝިން ރީޑަބަލް 8 ސަފްހާގެ ޕާސްޕޯޓެކެވެ. އިމަޖެންސީ ޕާސްޕޯޓުގެ ޚިދުމަތަކީވެސް އެއްވެސް ފީއަކާއި ނުލައި ފޯރުކޮށްދޭ ޚިދުމަތެކެވެ.

ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެވުނު ނަމަވެސް އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އިމިގްރޭޝަނުން ދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ