ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުމަށް ފަހިހަކަތަ ޕޯޓަލް ބޭނުންކުރުން ލާޒިމްވާގޮތަށް ހަމަޖައްސައިފިއެވެ.
މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް 22 އޭޕްރީލް 2026 އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފް.އެސް.އެމްގެ ޝެޑް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ވަނީ ސަރުކާރުން ހަމަޖައްސާފައެވެ.
މެދުއިރުމަތީ ހަގުރާމައާއި ގުޅިގެން ދޫކުރާ ތެލުގެ ސަބްސިޑީއަކީ މިވަގުތު މަސްވެރިކަމުގެ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އުޅަނދުފަހަރަށް ދޫކުރަމުންދާ އިނާޔަތެކެވެ. އަދި މިއީ [ފަހިހަކަތަ] ޕްރޮގްރާމާއި ވަކިން “ފަހިހަކަތަ” ޕޯޓަލުން ރިކުއެސްޓެއް ޕޮނުވުމަކާ ނުލައި ދޫކުރަމުންދާ ސަބްސިޑީއެކެވެ. ނަމަވެސް، ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތްތަނުގައި ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުން ހަމަޖެހިފައިވަނީ ފަހިހަކަތަ ޕޯޓަލް މެދުވެރިކޮށެވެ.
އެހެންވީމާ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ “ފަހިހަކަތަ” ޕޯޓަލްގައި ރަޖިސްޓްރީވެފައިނުވާ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހާ އުޅަނދުފަހަރުން 15 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.



