ގދ. ތިނަދޫގެ ސިނާއީ ސަރަހައްދުގައި ހުންނަ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ބަންގްލަދޭޝް ފިރިހެނަކު ފެނިއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ މިއަދު ފަތިހު 4:10 ހާއިރު އެވެ.
އެ މީހާ ފެނުމާއެކު ވަގުތުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.
މި މަރާ ގުޅިގެން ބަލަންޖެހޭ ކަންކަމާއި އެކަމާ ގުޅޭ ހާލަތްތައް ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



