ހުޅުމާލޭގައި ހިނގި ނުރައްކާތެރި މަގުމަތީ އެކްސިޑެންޓެއްގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެނަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓު ހިނގާފައިވަނީ އޮގަސްޓު 31 ވަނަ ދުވަހުގެ ހެނދުނު 7:36 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ދުންބުރިގަސް މަގާއި ހީނާމާ ހިންގުން ގުޅޭ ކަންމަތީގައެވެ. މި ހާދިސާ ހިނގާފައިވަނީ އެ މީހާ ދުއްވި ސައިކަލާއި ކާރެއް ޖެހިގެންނެވެ.
އަނިޔާވި މީހާގެ އާއިލާއިން ފުލުހުންނަށް ދިން މައުލޫމާތާ ހަވާލާދީ ފުލުހުން ބުނީ، އެކްސިޑެންޓުގައި އޭނާގެ ސިކުނޑީގެ ކަނާތްފަރާތަށް ލޭއެޅިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އޮގަސްޓު 31 ވަނަ ދުވަހު އޭނާގެ ބޮލުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.
އެ މީހާއަށް މިހާރުވެސް ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.



