ހުޅުމާލެ ފޭސް ދެއެއްގައި މިއަދުވެސް ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ނިރޮޅުމަގު، ކޭޕީއެސް ކައިރީ ގައި 2 ސައިކަލުޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:54 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓްގައި 2 ސައިކަލުގައި ތިބި 2 މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާދެމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



