Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

“ރައްކާ ރޯޑްޝޯ” ގދ. އަތޮޅުގައި މާދަމާ ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ “ރައްކާ ރޯޑްޝޯ” ގދ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެއެވެ.

މި އަހަރުގެ ރޯޑްޝޯ ކުރިއަށް ދާނީ 2026 އޮކްޓޫބަރު 9 އިން 19 އަށެވެ. މި މުއްދަތުގެ ތެރޭގައި އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައިވާއިރު މި ޕްރޮގްރާމަކީ އާންމުންގެ ބައިވެރިވުމާއެކު މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމައު ހޭލުންތެރިކުރުމަށް ފުލުހުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

“ރައްކާ ރޯޑްޝޯ” ގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ރޯޑް ސޭފްޓީ ވޯކްއާއި، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، “ބީޗް ބްލާސްޓް” އިވެންޓްތަކާއި، ކުއިޒް މުބާރާތްތަކުގެ އިތުރުން ބަށި އަދި ބާސްކެޓް މުބާރާތްތައް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ “ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް” އާއި “ފަހިރާސްތާ” ޕްރޮގްރާމް ވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ހާމަކުރެއެވެ. މި ހަރަކާތްތަކަކީ ދަރިވަރުންނާއި، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެކެވެ.

މި ހަރަކާތްތަކުގެ އިތުރުން، މަގުމަތީގެ ގަވާއިދުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން އަހުލުވެރިކުރުވުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ. އަދި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑު އެކި ރަށްރަށުގައި އިފްތިތާހުކުރެވޭނެއެވެ.

މި ރޯޑްޝޯ ކުރިއަށް ދަނީ “ރަނގަޅުކޮށްލާ” މި ޝިއާރުގެ ދަށުންނެވެ. މިއީ އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ފުލުހުންގެ މުއައްސަސާއިން ހިންގާ ކެމްޕޭނެކެވެ.

މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލްތަކާ އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ. މި އަހަރުގެ ޕާޓްނަރުންގެ ތެރޭގައި އޫރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމް.ޓީ.ސީ.ސީ، އަވަސް އަދި ހޮންޑާ (ޝީޝާ) ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ