Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޗެކްޕޮއިންޓެއްގައި ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި ޒަޚަމްކޮށްލުން ސީޕީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ސިނަމާލެ ބްރިޖު ހައިވޭގައި ވެހިކަލް ޗެކްޕޮއިންޓެއް ޖަހައިގެން ޤާނޫނީ ވާޖިބު އަދާކުރަން ހުރި ފުލުސް އޮފިސަރެއްގެ ގައިގައި، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެއްސުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގުމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ނެރުއްވި ބަޔާނެއްގައި ވަނީ މި އަމަލު ކުށްވެރިކުރައްވާފައެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 04:29 އެހައިކަންހާއިރު، ހައިވޭއިން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލު، މަގުމަތީގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ޖެއްސުމަށްފަހު، އެއާއެކު ގޮސް ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިފައިވާ ކަމަށް ބަޔާނުގައިވެއެވެ. މި ހާދިސާގައި އެ އޮފިސަރުގެ އަނގަމަތި ފަޅައިގެންގޮސް ދަތް ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭނާއަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނަށް ހުރަސްއަޅައި، އެ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށް ފަހަތަށް ޖެއްސުމުގެ މަޤްޞަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއް ބައިވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި އަމަލު ހިންގި ސައިކަލު ޓޯކޮށް، އެ ސައިކަލުގައި ތިބި ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެ އިތުރުން މިކަމުގައި ޝާމިލުވާ އިތުރު ދެ މީހަކާއި އެހެން ސައިކަލެއް ހޯދައި، އެ ދެ މީހުންވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނީ، މަގުމަތީގެ އަމަންއަމާންކަން ނަގާލައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފުލުހުން ފަސްނުޖެހި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ. އަދި ފުލުހުންނަށް އަމާޒުކޮށް ކުރިމަތިކުރުވާ ޖިސްމާނީ އަދި ނަފްސާނީ ބިރުދެއްކުންތަކަށް ބެލުމެއްނެތި މި ޚާއްޞަ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅާ ޤާނޫނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ