Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދުންފުހުގެ އަސަރު ބޮޑުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ތިން ދުވަހު ދުންފުހުގެ އަސަރު ބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފައިވާ ގޮތުގައި މި ވަގުތު މުޅި ރާއްޖެއަށް ވެސް ދުންފުހުގެ އަސަރު ދަނީ ފޯރަމުންނެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ވަނީ ދަށްވެފައެވެ. ކުރިއަށް އޮތް ތިން ދުވަހުވެސް މި ހާލަތު ދެމިއޮންނާނެ ކަމަށް ބެލެވޭތީ، ބޭރުތެރޭގައި ހަރަކާތްތެރިވާ ފަރާތްތަކުން ސިއްހީ އިރުޝާދުތަކަށް ބޯލެނބުމަށް މެޓުން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ހަރަކާތްތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް އަންގާފައެވެ. އަދި ބޭރަށް ނުކުންނަން މަޖުބޫރުވާ ހާލަތްތަކުގައި ‘އެން 95’ ފަދަ ރައްކާތެރި މާސްކު އެޅުމަށާއި، ގޭތެރެއަށް ނުސާފު ވައި ނުވަންނާނޭހެން ދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ. މީގެއިތުރުން، މޯލްޑިވްސް އެއާ ކޮލިޓީ އިންޑެކްސް ނުވަތަ ‘އައިކިއު އެއާ’ އެޕްލިކޭޝަން މެދުވެރިކޮށް ވައިގެ ސާފުމިން ބަލަމުން ގެންދިއުމަށްވެސް އެ އެޖެންސީން އެދެއެވެ.

‘އައިކިއު އެއާ’ ގެ ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ ވައިގެ ނުސާފުމިން ހުރީ 151 އިން މަތީގައި ކަމަށްވާތީ މިހާރު ވަނީ ‘ރަތް ސަމާލު’ ނެރެފައެވެ. މި މިންވަރަށް ވައި ނުސާފުވުމަކީ އާންމު ސިއްހަތަށާއި، ހާއްސަކޮށް ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ނުރައްކާ ބޮޑު ހާލަތެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވައިގެ ރޭޓިންއަށް ބަލާއިރު:

މާލެ: 170
ދ. ކުޑަހުވަދޫ: 174
ކުޅުދުއްފުށި ސިޓީ: 159
ށ. ދުނަދޫ: 154
ފުވައްމުލައް ސިޓީ: 152

ވައި ތަގައްޔަރުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަކަށްވާއިރު، ނޭވާހިއްލުމާއި އެލާޖީ އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށާއި ހާއްސަ ރައްކާތެރިކަމެއް ދިނުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ