- Advertisement -ad image

ހުޅުމާލޭ ގެއެއްގެ ބަދިގޭގައި އުދާފައި ހުރި ތެއްޔެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ފޭސް އެކެއްގެ ގެއެއްގެ ބަދިގޭގައި އުދާފައި ހުރި ތެއްޔެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު މެންދުރުފަހު 14:09 ހާއިރު އެމްއެންޑީފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު އެމްއެންޑީއެފް ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަމަނުން ހަރަކާތްތެރިވެ، ބަދިގޭގައި އުދާފައި ހުރި ތެލީގައި ރޯވި އަލިފާން މިއަދު 14:21 ހާއިރު ވަނީ ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ މިއަދު މެންދުރު14:15 ހާއިރު ހުޅުމާލެ ލޮޓު 11252 ގެ 4އޭ އެޕާޓްމަންޓުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ގޭގައި ދިިިރިއުޅޭ އާއިލާއަށް ބޭނުންވާ އެހީ ތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީއިން ކުރަމުން ގެންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ