- Advertisement -ad image

ސިފައިންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން ކޮަށްފައިވާ އިއުލާންގައި ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފާވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 އަށެވެ.

ވަޒީފާއަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ، އިސްކޮޅުގައި ފަސް ފޫޓް ތިން އިންޗި ހުރި، ވޭތުވެދިޔަ ފަސް އަހަރު ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމުގައި ވާންޖެހެއެވެ.

އަދި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުން ލާޒިމްކުރެއެވެ.

މި ޝަރުތުތަކުގެ އިތުރުން، އިންޓަވިއުކާއި، ފުރަތަމަ އިންޓަވިއުއިން ފާސްވުމުން ދޭ ފިޒިކަލް އަދި އެޕްޓިޓިއުޓް ޓެސްޓުގެ ނަތީޖާއަށް ބަލާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓާއި އެމްއެންޑީއެފް ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ޑިފެންސުން ހާމަކުރެއެވެ.

ފޯމް އީމެއިލުން އަދި ޑިފެންސް މިނިސްޓްރީ އަށް ހާޒިރުވެ ހުށަހެޅޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ