- Advertisement -ad image

2023 ވަނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


2023 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 42.8 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފިއެވެ.
ބަޖެޓް ފާސް ކުރަން ނެގި ވޯޓުގައި 61 މެމްބަރަކު ވޯޓު ދެއްވި އިރު، ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް އަށް މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. ދައުލަތުން މަޖިލީހަށް ހުށަހެޅި، 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ނަމަވެސް ބަޖެޓް ދިރާސާ ކުރި ކޮމިޓީން ދިރާސާ ކުރުމަށްފަހު ތަޅުމަށް ފޮނުވީ، ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކޮށް ޖުމްލަ 42.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސް ކުރުމަށެވެ.

މީގެ އިތުރުން މަޖިލީހުން މިއަދު ވަނީ، މި އަހަރުގެ ބާކީ އޮތް މުއްދަރަކަށް އިތުރު ފައިސާ ބޭނުންވެދާނެ ކަމަށް ލަފާކޮށް ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހެޅި 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުވެސް ފާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ