- Advertisement -ad image

ބްރިޖްމަތީގައި އެކްސިޑެންޓުވުމުން މަޑުނުކޮށް ކާރު ޑުރައިވަރު ފިލައިފި

ad image

ގުޅުންހުރި ލިޔުންތައް


ސިނަމާލެ ބްރިޖުމަތީގައި ކާރަކާ ސައިކަލެއް ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ކާރު ޑުރައިވަރު ފިލައިފިއެވެ.
ފުލުހުން ބުނީ މިރޭ ބްރިޖުމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް 19:48 އެހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ސައިކަލު ދުއްވި ދިވެހި ފިރިހެން މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
އެކްސިޑެންޓްވުމުން ކާރު ވަނީ މަޑުނުކޮށް ގޮސްފައި ކަމަށާއި މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.
އެކްސިޑެންޓްވި ފަރާތުން މި ނޫހަށް މައުލޫމާތުދެމުން ބުނީ ސައިކަލު ދުއްވާފައި ދަނިކޮށް ފަގަތުން ކާރު އައިސް އޯވަރޓޭކް ކުރަން އުޅުމުގެތެރޭގައި ސައިކަލުގައި ކާރު ޖެހުނީ ކަމަށެވެ. އަދި ވެއްޓި މުޅިގައިގެ އެކު ތަންތަން ވަނީ ވަރަށް ބޮޑަށް މަށައިގެން ގޮސްފައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ