- Advertisement -ad image

ނީލަން ފިހާރައިގާ ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ނީލަން ފިހާރަ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.
ފުލުހުން ބުނީ އަލިފާންގަނޑުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މައުލޫމާތު ދެއްވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް އަލިފާނުގެ ސަބަބުން އަނިޔާއެއްވިކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވާ ކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ވަނީ ބަންދު ކޮށްފައެވެ.

‏ދުމުގެ އަސަރުކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.
ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވި ކަމަށް އެމްއެންޑީއެފަށް ރިޕޯޓްކުރީ ފަތިހު 5:43 އެހާއިރުއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފުލުޖުންނާ ސިފައިން އަދި އާއްމުން ހަރަކާތްތެރިވެއެވެ.
ނީލަން ފިހާރައަކީ އެކި ވައްތަރުގެ ލަކުޑިއާ ގޭތެރޭގައި ހިފާ ގެންގުޅޭ ތަފާތު ސާމާނު ހެޔޮއަގެއްގައި ވިއްކަމުން އަންނަ ތަނެކެވެ.
އަލިފާން ރޯވި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު މި ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމެއްވެސް އަދި ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ