މިއީ ހުޅުމާލޭ ފޭސް އެކެއްގައި އޮންނަ ސެންޓްރަލް ޕާރކެވެ. މާލެ ސަރަހައްދުގައި އޮންނަ އެންމެ ހިތްގައިމު ރީތި ބޮޑު ފެހިކަން ގަދަ ޕާރކެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު މި ޕާރކަށް އެކި ބޭނުންތަކުގައި ގޮސް އުޅެއެވެ. ހަވީރުގެ ވަގުތުގައި އުފަންދުވަހުގެ ޕާރޓީއެއް ޕޮޓޯ ޝޫޓެއް މިތަނުގައި ކުރިއަށް ނުދާ ދުވަހެއް މަދުވާނެއެވެ. ހާއްސަ ގޮތެއްގައި ހަފްތާ ބަންދުގައި މި ތަނުގައި މީހުން ވަރަށް ގިނައެވެ. ތަފާތު ފެއާރތަކާއި ކުޑަކުދިންގެ ހަވީރުތައް ބާއްވަން މިއީ ހަމަ ދެވަނައެއް ނެތް ތަނެކެ.