ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަދުން ނޫނީ ނުފެންނަ ފަދަ ބޮޑު ޖަލްސާއެއް، ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ރޭ މިވަނީ ބާއްވާފައެވެ. މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި މި ޖަލްސާއަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މި ޖަލްސާގެ ބޮޑުކަމާއި، ބައިވެރިވި މީހުންގެ އަދަދު ބަލާއިރު، މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއް ޖަލްސާ ކަމަށް ޕީއެންސީން ބުނެއެވެ.



















