- Advertisement -ad image

ގޯލްކީޕަރު ގޯލު ކުރިމަތިން ޖެހި ބޯޅަ ގޮސްވަނީ އަނެއް ގޯލަށް!

ad image

ގުޅުންހުރި ލިޔުންތައް


މިހާތަނަށް އެންމެ ދުރުން ޖެހި ބޯޅަ ގޯލަށް ވަދެ އާޖެންޓީނާގެ ގޯލްކީޕަރު ރެކޯޑެއް ހަދައިފިއެވެ.
ޗިލީގެ ގަދަ ފުޓްބޯޅަ ލީގުގައި ކޮބްރެސަލް ކޮލޯކޯލޯ އަތުން 3-1 އިން މޮޅުވި މެޗުގައި އާޖެންޓީނާގެ ކީޕަރު ލިއަންޑްރޯ ރެކުއެނާ ޖެހީ މިހާތަނަށް ފުޓްބޯޅަ މެޗެއްގައި އެންމެ ދުރުން ޖެހި ގޯލެވެ.
ލިއަންޑްރޯގެ ޓީމު 2-0 އަކުން މޮޅުވެފައި ވަނިކޮށް މެޗްގެ 77 ވަނަ މިނެޓްގައި ލަނޑު ޖެހީ ގޯލް ކުރިމަތިން ޖެހި ބޯޅައަކުންނެވެ.
ޓީއެންޓީ ސްޕޯޓްސް ޗިލީން ބުނި ގޮތުގައި މި ގޯލު ޖެހީ 101 މީޓަރުގެ ދުރުމިނުން ކަމަށާއި ގިނިސް ވޯލްޑް ރެކޯޑުން ބަލައި ދިރާސާ ކޮށްފިނަމަ ތާރީހުގައި ވެސް އެންމެ ދުރުން ގޯލް ޖެހުމުގެ ރެކޯޑް މުގުރާލާނެ ކަމަށެވެ.


އެންމެ ދުރުން ގޯލެއް މީގެ ކުރިން ޖަހާފައިވަނީ 96.01 މީޓަރު ދުރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ