އެލެކްސް ރޮކާ ކެމްޕިލޯއަކީ ކުޑައިރުއްސުރެ ސެރެބްރަލް ޕަލްސީ ޖެހިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ.
ނަމަވެސް ހަފްތާ ބަންދުގައި އޭނާ ވަނީ ބާސެލޯނާ މެރެތަން ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
އެލެކްސް ރޮކާ ކެމްޕިލޯ އަކީ ‘42.195 ކިލޯމީޓަރުގެ މެރެތަން ނިންމާލެވުނު %76 ނުކުޅެދުންތެރިކަން ހުރި ދުނިޔޭގައި ފުރަތަމަ މީހާ’ ކަމުން އޭނާ ވަނީ ރެކޯރޑް ފޮތްތަކަށް އަރާފައެވެ.
އޭނާގެ ސޯޝަލް ނެޓްވޯކްތަކުގައި އޭނާ ލިޔެފައިވަނީ ކޮންމެ މީހަކަށްވެސް ކޮންމެ ކަމެއްވެސް ހާސިލްވެދާނެއެވެ. ލިބުނު އުފާ ޓްވިޓާގައިހިއްސާ ކުރަމުން ލިޔެފައިވަނީ،” “އަހަރެން ތާރީހުގެ ތެރެއަށް ވަދެފިން!
އެތުލީޓަށް އިންސެފަލައިޓިސް ޖެހިގެން ސެރެބްރަލް ޕަލްސީ ޖެހިފައިވަނީ އުމުރުން ހަ މަހުގަ އެވެ. މީގެ އިތުރުން މި ކާމިޔާބީގެ ދަތިކަން ބޮޑުވަނީ އޭނާގެ ހަށިގަނޑުގެ ކަނާތު ބައި ހަރަކާތްތެރި ނުވާތީ އާއި ފައިގެ ޓެންޑަންސް އަށް އެތައް އޮޕަރޭޝަނެއް ކޮށްފައިވާތީ އެވެ.