- Advertisement -ad image

މައިކަލް ޖޯރޑަންގެ ބޫޓެއް 2.2 މިލިއަން ޑޮލަރަށް ވިކިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ މައިކަލް ޖޯރޑަންގެ ބޯޓެއް 2.2 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއީ މިހާތަނަށް ކުޅުންތެރިއަކު ބޭނުންކޮށްފައިވާ ބޫޓެއް ވިކުނު އެންމެ ބޮޑު އަގެވެ. ބާސްކެޓް ބޯޅަ ލެޖެންޑް ޖޯރޑަން މި ބޫޓު ބޭނުންކޮށްފައިވަނީ 1998 ވަނަ އަހަރުގެ އެންބީއޭގެ ފައިނަލްސް ގައެވެ. މި ބޫޓަށް ދީފައިވާ ނަމަކީ “ ދަ ލާސްޓް ޑާންސް “ އެވެ. އެއީ މި ބޫޓު ބޭނުން ކުރީ ޖޯރޑަން ބާސްކެޓް ކުޅުނު އެންމެ ފަހު އަހަރު ކަމަށްވާތީއެވެ.
މިއީ ދުނިޔޭގެ އައު ރިކޯޑަކަށް ވީނަމަވެސް މި ބޫޓު ވިކިފައިވަނީ އަންދާޒާ ކުރި އަގަށްވުރެ ދަށް އަގެއްގައެވެ. މި ބޫޓު ވިކޭނެ ކަމަށް އަންްދާޒާ ކޮށްފައިވަނީ 2 މިލިއަނާއި 4 މިލިއަނާއި ދެމެދުގެ އަގެއްގައެވެ.

އެންބީއޭ ފައިނަލްގެ ގޭމް 2 ގައި ޖޯޑަން މި އަގުހުރި ސްނީކަރސް ލައިގެން ކުޅުނުއިރު، އޭނާ ވަނީ 37 ޕޮއިންޓް ހޯދައި، ޔޫޓާ ޖޭޒް އަތުން 93-88 އިން މޮޅުވެފައެވެ. މެޗަށް ފަހު ޖޯޑަން ވަނީ ޖޭޒް ބޯލް ބޯއީ އަކަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ކުއްޖަކަށް ލޮކަރު ރޫމްގައި މި ބޫޓު ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ