- Advertisement -ad image

ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ހައްދުންމަތީގެ ޒުވާނުން މެދުގައި ކުޅިވަރުގެ ރޫހް އާލާކޮށް ދިރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ލާމަސީލު ލާމު އަތޮޅު ވޮލީމުބާރާތުގެ އަންހެން ޑިވިޜަނާއި، ފިރިހެން ޑިވިޜަނުގައި ބައިވެރި ވުމުގެ ފުރުސަތު، ލ.އަތޮޅު ކައުންސިލުން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ލ. އަތޮޅުގެ ކުލަބު/ޖަމްޢިއްޔާތަކަށް އެކަންޏެވެ. އެހެންނަމަވެސް އެ ރަށެއްގައި ހަރަކާތްތެރި ކުލަބު/ޖަމްޢިއްޔާއެއް ނެތް ނަމަ، އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނަމުގައި މި މުބާރާތުގައި ޓީމެއް ބައިވެރި ފުރުސަތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ގަވައިދު ބުނާގޮތުން ކޮންމެ ޑިވިޜަނަކުންވެސް މުބާރާތް ބޭއްވޭނީ މަދުވެގެން 3 ޓީމު ބައިވެރިވެއްޖެނަމައެވެ.
އަދި ކޮންމެ ޑިވިޜަނެއްގައި 5 ޓީމަށްވުރެ ގިނައިން ބައިވެރިވެއްޖެނަމަ ޑިވިޜަން ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖަށް ބަހާލައިގެންނެވެ. މިމުބާރާތުގައި ބިދޭސީ އެއްވެސް ކުޅުންތެރިޔަކަށް ކުޅުމުގެ ފުރުސަތު ނުދެއެވެ. އެހެންނަމަވެސް އޮފިޝަލުން ގޮތުގައި ބިދޭސީއިންނަށް ހަރަކާތްތެރިވެވިދާނެ ކަމަށް ގަވައިދު ބުނެއެވެ.
މުބާރާތުގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރިހަކީ މިހިނގާ ޖޫން މަހުގެ 18 ވަނަ ދުވަހެވެ. އަދި ޓީމު ލިސްޓް ހުށަހަޅަން ޖެހޭ ފަހުގެ ތާރީހަކީ ޖޫން 22 ވަނަ ދުވަހެއެވެ.
މިމުބާރާތް އޮންނާނީ ޖުލައި 6 ން 15 އަށް ލ. ފޮނަދޫގައެވެ.
މިއަހަރުގެ މުބާރާތް ހޮސްޓް ކުރާނީ އައިލެންޑާސް ސްޕޯޓްސް ކްލަބްއިންނެވެ.
މިއަހަރުގެ ލާމަސީލު ލާމު އަތޮޅު މުބާރާތުގެ އެކްސްކުލޫސިވް މީޑިއާ ޕާރޓުނަރަކީ ހިރާސް ނިއުސްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ