ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތް 2023 ގައި މިއަދު ވެސް ފޯރިގަދަ ތިން މެޗު ކުޅެފިއެވެ.
އެގޮތުން މިއަދު ހަވީރު އެންމެ ފުރަތަމަ މެޗް ކުޅެފައިވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި ލާމު ޔޫތު ޑިވޮލޮޕްމަންޓެވެ. ސީދާ ތިން ސެޓުން މި މެޗު ކާމީޔާބު ކުރީ މުންޑޫ ޒުވާނުންގެ ޖަމިއްޔާއިންނެވެ. މެޗްގެ ސެޓްތައް މުންޑޫ ޒުވާނުންގެ ޖަމިއްޔާ ގެންގޮސްފައިވަނީ 25-20، 25-16 އަދި 25-06 އިންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާގެ އައިޝަތު ރީމާއެވެ.
އަންހެން ޑިވިޝަނުގެ ގުރޫޕު ސްޓޭޖު ފަހު މެޗުގައި ކުޅެފައިވަނީ އަކިރިކޮޅު ސްޕޯރޓްސް ކްލަބާއި ޓީކޭ ސްޕޯޓްސް ކްލަބެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ޓީކޭ ސްޕޯރޓްސް ކްލަބެވެ.
މެޗުގެ ސެޓްތައް ޓީކޭ ސްޕޯރޓްސް އިން ގެންދިޔައީ 25-23، 25-10 އަދި 25-15 އިންނެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފަހު މެޗްގައި ބައްދަލު ކުރީ ބެސްޓް އާއި ކޭއެމް ސްޕޯރޓްސް ކްލަބެވެ. މި މެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ކޭއެމް ސްޕޯރޓްސް ކްލަބެވެ. މިމެޗްގެ ސެޓްތައް ކޭއެމް ސްޕޯރޓްސް އިން ގެންދިޔައީ 25-20، 25-20 އަދި 25-15 އިންނެވެ.




