- Advertisement -ad image

ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތް: ބެސްޓް އަދި ޓީކޭ ސްޕޯރޓްސް ކްލަބް ފައިނަލަށް

ad image

ގުޅުންހުރި ލިޔުންތައް


ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލަށް ބެސްޓް އަދި ޓީކޭ ސްޕޯރޓްސް ދަތުރުކޮށްފިއެވެ. މި ދެޓީމުން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލުގެ މެޗުތަކަށް ފަހުއެވެ.
އެގޮތުން މި މުބާރާތުގެ ފައިނަލަށް ބެސްޓް ގޮސްފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާ ބަލި ކުރުމަށްފަހުއެވެ. ފޯރިގަދަ ފަސް ސެޓް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ގެންދިޔައީ 25-21 އިން މުންޑޫ ޒުވާނުންގެ ޖަމިއްޔާއެވެ. އެއަށްފަހު ދެވަނަ ސެޓް 25-21 އިން ކާމިޔާބު ކުރީ ބެސްޓް ޓީމުންނެވެ. އަނެއްކާވެސް ތިންވަނަ ސެޓް މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިން ގެންދިޔައީ 25-23 އިންނެވެ. އޭގެ ފަހުން ހަތަރު ވަނަ ސެޓް 25-12 ބެސްޓް ޓީމުން ހޯދިއެވެ.
އަދި ފަސްވަނަ ސެޓް 15-08 ކުން ބެސްޓް ޓީމު ހޯދިއެވެ.


މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ދެވަނަ މެޗްގައި އެފްޑަބްލިއުގެ މައްޗަށް ކުރި ހޯދީ ޓީކޭ ސްޕޯރޓްސް ކްލަބުންނެވެ.
ޓީކޭ ސްޕޯރޓްސް ކްލަބުން ސެޓްތައް ގެންގޮސްފައިވަނީ 25-15، 25-13 އަދި 25-17 އިންނެވެ.


މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗް އޮންނާނީ އަންގާރަ ދުވަހުގެ ރޭ 20:30 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ