- Advertisement -ad image

ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތް: އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބެސްޓް އަށް

ad image

ގުޅުންހުރި ލިޔުންތައް


ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތް 2023 ގެ ޗެމްޕިއަންކަން ބެސްޓް ކްލަބުން ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ބެސްޓުން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗްގައި ޓީކޭ ސްޕޯރޓްސް ކްލަބް ބަލިކޮށެވެ.
ސީދާ ތިން ސެޓުން މި މެޗް ބެސްޓް ހޯދީ ފަސޭހަ ކަމާއެކުއެވެ.
ބެސްޓުން އިން ފައިނަލް މެޗްގެ ސެޓްތައް ގެންދިޔައީ25-18، 25-14 އަދި 25-12 އިންނެވެ.
މިމުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީކޭ ސްޕޯރޓްސް ކްލަބްގެ މަރިޔަމް އަޒީފާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ