ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ މުބާރާތުން ކަޓުވާލައި ކުއާޓަރ ފައިނަލުގެ ފުރަތަމަ ޖާގަ ސްވިޓްޒަރލޭންޑުން ކަށަވަރުކޮށްފިއެވެ.
ސްވިޒަރލެންޑް ކްއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ގަދަ 16 ޓީމް ވާދަކުރާ ބުރުގެ ފުރަތަމަ މެޗުގައި މޮޅަށް ކުޅެ އިޓަލީ 2-0 ން ބަލިކޮށްގެން ނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ސްވިޒަރލެންޑުން ލީޑް ނެގީ ފުރަތަމަ ހާފް ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ރެމޯ ފްރެއުލާ ޖެހި މޮޅު ގޯލުންނެވެ. ރުބެން ވާގަސް އޭރިޔާ ތެރެއިން ރެމޯ ފްރެއުލާ އަށް ދިނުމުން, މެއިން ޖައްސާލުމަށްފަހު ތިރިން ފޮނުވާލީ ބާރު ބޯޅަ ގޯލްގެ އަރި މަތީ ކަނަށް ވަނީ ކީޕަރު ޑޮންނަރުމާ ފައިގަވެސް ޖެހިފައެވެ.
ސްވިޒަރލެންޑުން ދެވަނަ ލަނޑެއް ޖަހާ ކްއާޓާ ފައިނަލްގެ ޔަގީންކަން ހޯދީ ދެވަނަ ހާފް ފަށައިގެން މިނިޓެއްވެސް ނުވަނީހެވެ.
ސްވިޒަރލެންޑް މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރުކުރީ މެޗަކުން ބަލިނުވެއެވެ.