Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޔޫރޯ 2024: އިންގްލޭންޑާއި ނެދަރލެންޑްސް ސެމީއަށް

ad image

ގުޅުންހުރި ލިޔުންތައް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު ދެ މެޗުން އިންގްލެންޑާއި ނެދަރލެންޑްސް ސެމީއަށް ދަތުރުކޮށްފި އެވެ.

ރޭ އެންމެ ފުރަތަމަ ކުޅެފައިވަނީ އިންގްލޭންޑާއި ސްވިޒަލޭންޑެވެ. މި މެޗުގައި ޕެނަލްޓީ އިން ކުރި ހޯދައިގެން އިންގްލެންޑް ސެމީ ފައިނަލްގެ ޖާގަ ވަނީ ކަށަވަރުކޮށްފައެވެ.

ޖަރުމަނުގެ ޑުސެލްޑޯފް ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މެޗުގެ ދެވަނަ ހާފުގައި ސްވިޒަލޭންޑް އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 75 ވަނަ މިނެޓުގައި ޑަން ންޑޯއި ސްވިޒަލޭންޑްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން ސްވިޒަލޭންޑް އަށް މި ގޯލު ކާމިޔާބުކޮށްދީފައިވަނީ ބްރީލް އެމްބޯލާއެވެ.

އަދި އަދި މެޗުގެ ދެވަނަ ހާފު ނިމުމުގެ ކުރިން އިންގްލެންޑް އިން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. މެޗުގެ 80 ވަނަ މިނެޓުގައި ސްވިޒަލޭންޑްގެ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު އިންގްލެންޑްއަށް ކާމިޔާބުކޮށްދީފައިވަނީ ބުކަޔޯ ސަކާއެވެ.

މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ފަނަރަ މިނެޓުގެ ދެ ހާފުގެ ކުޅުން ނިމުނުއިރުވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ރޭގައި ކުއާޓާގެ ދެވަނަ މެޗުގައި ބައްދަލުކުރީ ތުރުކީ އާއި ނެދަރލޭންޑްސް އެވެ. މި މެޗު 1-2 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް ނެދަލެންޑްސް ސެމީ ފައިނަލުން ޖާގަހޯދައިފިއެވެ.

ޖަރުމަނުގެ އޮލިމްޕިއާ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ތުރުކީ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި އަރުދާ ގޫލާ ނެދަލެންްްޑްސްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު ތުރުކީ އަށް ކާމިޔާބުކޮށްދީފައިވަނީ ސަމެޓް އަކޭދިންއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ހާފުގައި ނެދަލެންޑްސް އިން ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކުރިއެވެ. މެޗުގެ 71 ވަނަ މިނެޓުގައި ނެދަލެންޑްސްގެ މެމްފިސް ޑިޕާއި ތުރުކީގެ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ، ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ނެދަލެންޑްސް އަށް ކާމިޔާބުކޮށްދީފައިވަނީ ސްޓެފަން ޑި ވްރިޖްއެވެ.

މި ގޯލު ނެދަލެންޑްސް އިން ކާމިޔާބުކޮށް މާގިނައިރުތަކެއް ނުވަނީސް އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާ 20 އަހަރަށްފަހު ޔޫރޯގެ ސެމީ ފައިނަލުން ނެދަލެންޑްސް ވަނީ ޖާގަހޯދާފައެވެ. ޑެންޒެލް ޑަމްފްރީޒް ތުރުކީގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ތުރުކީގެ ގޯލަށް ވަދެފައިވަނީ ތުރުކީގެ މާޓް މުލްޑަގެ ފައިގަ ޖެހިފައެވެ. އެހެން ކަމުން މި ގޯލަކީ ބައިކޮޅަށް ވަން ގޯލެއް ކަމަށް ވަނީ ނިންމާފައެވެ.

މި ނަތީޖާތަކާއެކުއާއެކު މުބާރާތުގެ ސެމީފައިނަލްގައި ނެދަލެންޑްސް ވާދަކުރަންޖެހޭނީ އިންގްލެންޑާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ